Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮރަޕްޝަންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރިޕޯޓް ރައީސް އަށް އަރުވައިފި

ކޮރަޕްޝަންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރިޕޯޓް ރައީސް އަށް އަރުވައިފި

ކުރީގެ ސަރުކާރުތަކުން ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ލިބިވަޑައިގެންފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމަށް ޤާއިމުކުރި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އެކޮމިޝަނުން އެމަނިކުފާނަށް ހުށަހަޅާފައިވާ ކަމަށެވެ.

"ރިޕޯޓާ ގުޅިގެން ކުރަންޖެހޭ ކަންކަން އަޅުގަނޑު ކުރަން ފަށައިފިން" ރައީސް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އެސެޓް ރިކަވަރީ ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު 4:00 ގައި ރައީސް އޮފީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެސެޓް ރިކަވަރީ ކޮމިޝަނެއް ރައީސް ސޯލިހު އެކުލަވާލެއްވީ 2018 ވަނަ އަހއަރު ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

އެގޮތުން އެ ކޮމިޝަން އުފައްދަވުން ރައީސް ނެރުއްވި ރިޔާސީ ގަރާރުގައިވާ ގޮތުގައި އެ ކޮމިޝަންގެ މަސައްކަތަކީ ޖެނުއަރީ، 1، 2012 އިން ނޮވެމްބަރު، 17، 2018 އާ ހަމަޔަށް ދައުލަތުގެ ތެރެއިން ހިނގާފައިވާ ކޮރަޕްޝަންތަކާއި ވައްކަމުގެ މައްސަލަތައް ބަލައި ދައުލަތަށް ގެއްލިފައިވާ ފައިސާ އާއި މުދާ އަނބުރާ ހޯދުމަށް އެ މައްސަލަތައް ބަލައި ތަހުގީގު ކުރުމެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް