Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިސްލާމިކް މިނިސްޓްރީގެ މުވައްޒަފަކު ކޮވިޑަށް ފައްސި ވެއްޖެ

އިސްލާމިކް މިނިސްޓްރީގެ މުވައްޒަފަކު ކޮވިޑަށް ފައްސި ވެއްޖެ

އިސްލާމިކް މިނިސްޓްރީގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މިނިސްޓްރީން ފައްސިވެފައި ވަނީ އިދާރީ އަންހެން މުވައްޒަފެކެވެ. އޭނާއަށް ބަލި ޖެހުނީ ފިރިމީހާ ފައްސިވުމުން އައިސޮލޭޝަންގައި ހުއްޓާއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފައްސިވި މުވައްޒަފާ ބައްދަލުވެފައިވާ މުވައްޒަފުން އެކަހެރި ކޮށްފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

ލޮކްޑައުންއަށް ލުއިދީ މާލެ ހުޅުވާލުމާ ގުޅިގެން ގިނަ އޮފީސްތަކުންނާއި މުވައްސަސާތަކުން މީހުން ވަނީ ފައްސިވެފައެވެ. އެގޮތުން މަޖިލީހުންނާއި ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހުންނާއި ކްރިމިނަލް ކޯޓުންވެސް މީގެކުރިން ވަނީ މުވައްޒަފުން މި ބައްޔަށް ފައްސިވެފައެވެ.

ރާއްޖެއިން މިހާތަނަށް 3103 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު 15 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. ބަލިން ރަނގަޅުވެފައިވަނީ 2397 މީހެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް