Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ފޮޓޯ ސްޓޯރީ

49 ރަށަކުން ދައުލަތަށް 210 މިލިއަން ޑޮލަރު ލިބެންޖެހޭ: އެސެޓް ރިކަވަރީ ކޮމިޝަން

49 ރަށަކުން ދައުލަތަށް 210 މިލިއަން ޑޮލަރު ލިބެންޖެހޭ: އެސެޓް ރިކަވަރީ ކޮމިޝަން

ރާއްޖޭގައި ހިނގައިދިޔަ އެންމެ ބޮޑު ޚިޔާނާތް ކަމުގައިވާ އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތެރެއިން 49 ރަށަކުން ދިވެހި ދައުލަތަށް 210 މިލިއަން ޑޮލަރު ލިބެންޖެހޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ހާމަކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ ދައުލަތުގެ ހުރިހާ އިދާރާއެއް ކަހަލަ ގޮތަކަށް ހިނގަމުން ދިޔައީ ސަރުކާރު ބޭނުންވާ ގޮތަށް ކަމަށާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުރީ ސަރުކާރުން 12 ފަޅު އަދި 37 ރަށް ދޫކޮށްފައިވާއިރު އެރަށްތައް ދޫކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށެވެ.

އެރަށްތަކާއި ފަޅުތައް ވިއްކާފައިވަނީ ނުއަގުގައި ކަމަށާއި ހަމައެކަނި ދޫކޮށްފައި ހުރި ފަޅުތައް ނުހިމަނާ 3.4 ބިލިއަން ދައުލަތަށް ލިބެންޖެހޭ ކަމަށް ވެސް އައްސަދު ވިދާޅުވިއެވެ. އަދި ފަޅުތައް އަގުކުރާނަމަ ހަތަރު ބިލިއަނަށް އަރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް