Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގިނައިރު ކޮޅަށް ހުރެގެން ބަރުދަން ލުއިކޮށްލެވިދާނެތަ؟

ގިނައިރު ކޮޅަށް ހުރެގެން ބަރުދަން ލުއިކޮށްލެވިދާނެތަ؟

ގިނައިން ކޮޅަށް ހުރެގެން ބަރުދަން ލުއި ކޮށްލެވިދާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާ ވެގެން ދިޔައީ ބަރުދަން ލުއި ކުރަން ބޭނުންވެފައި ތިބި ގިނަ ބަޔަކަށް އުފާވެރިކަން ގެނުވައިދިން ދިރާސާއަކަށެވެ. ތަފާތު އެކި އެކި ޑައެޓު ތަކާއި ކަސްރަތު ތައް ކޮށްގެން ވެސް ބަރުދަން ލުއި ނުވެ ތިބި ފަރާތްތަކަށް ވެސް ލިބިގެން ދިޔަ އިތުރު ހިތްވަރަކަށެވެ. މިފަދަ ފަސޭހަ ކަމެއް ކޮށްލައިގެން ބަރުދަން ލުއި ވެދާނޭ އެކަކަށް ވެސް ހީވެފައެއް ނެތެވެ.

އެމެރިކާގެ މޭޔޯ ކްލިނިކް އިން ކުރި މި ދިރާސާގައި ދައްކާ ގޮތުގައި ހަގަޑިއިރު ވަންދެން ކޮޅަށް ކޮންމެ ދުވަހަކު ހުންނަނަމަ ބަރުދަން ވަރަށް ބޮޑަށް ލުއިވެ، ބަރުދަން އިތުރުވުން ދުރުކޮށްދެއެވެ.

Advertisement
Allied — Dhen Online (box)

އެ ކްލިނިކްގައި މަސައްކަތް ކުރަމުންދާ ޕްރޮފެސަރެއް ކަމަށްވާ ފްރެންސިސްކޯ ލޮޕޭޒް ޖިމްނޭޒް މި ދިރާސާ އާއި ގުޅިގެން ބުނެފައިވާ ގޮތުގައި، ކޮޅަށް ގިނަ ވަގުތު ހުރުމުން ހަށިގަނޑުގައި ހުންނަ ސަރުބީ ވިރުމުގެ އިތުރުން ބަރުދަން އިތުރުވުމުން ކުރިމަތިވާ އިތުރު މައްސަލަތައް ކަމަށްވާ ހިތުގެ ހިނގުން ލަސްވުމާއި، ސްޓްރޯކް ޖެހުމާއި، ޑައިބެޓީސް ފަދަ މައްސަލަތަކާއި ވެސް ދުރުކޮށްދެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް