ޚަބަރު

ކޮވިޑް-19: ގިނަ ރަށްތަކަކަށް ދަތުރުކުރި ނައިފަރު ދޯންޏަކުން ތިން މީހަކު ފައްސިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ނައިފަރުން ކޮވިޑަށް ފައްސި ކޭސްތައް ފެނުނު މަސްދޯނި

ގިނަ ރަށްތަކަކަށް ދަތުރުކުރި ޅ. ނައިފަރު ދޯންޏަކުން ތިން މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

ޅ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ޖައުފަރު ޢަބްދުﷲ "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނައިފަރުން ދަތުރުކުރާ މަސް ދޯންޏަކުން ތިން މީހެއް ކޮވިޑް-19އަށް ފައްސި ވެފައިވާ ކަމަށާއި އޭގެ ތެރެއިން ދެ ފަރާތެއް އެ މީހުންގެ ގޭގައި ހޯމް ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. އަދި ތިންވަނަ މީހާ ކަރަންޓީނު ވާނެ ތަނެއް ނެތުމުން ނައިފަރު ކައުންސިލުން ވަނީ އެ ކައުންސިލުގެ ބެލުނުގެ ދަށުގައި ހުންނަ ފެސިލިޓީއެއްގައި އެކަހެރި ކޮށްފައި ކަމަށެވެ.

ވޭތުވެ ދިޔަ ހަތް ދުވަސް ތެރޭގައި އެ ދޯނި ވަނީ ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހއ. އުލިގަމު، ހދ. ނޭކުރެންދޫ އަދި ނ. ވެލިދޫއަށް ދަތުރުކޮށް މި ރަށްރަށަށް ފައިބައިފަ" ޖައުފަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖައުފަރު ވިދާޅުވީ، އެ މަސް ދޯނިން ފައްސިވީ މީހުން އެ ރަށްރަށަށް ފައިބައިފައި ވާކަން، އެ ރަށްރަށުގެ ސިއްޙީ އިދާރާތަކަށް އަންގައިފައި ވާ ކަމަށާއި ބެލެވޭ ގޮތުގައި އެ ރަށްތައް ވެސް މޮނީޓަރިންގަށް ލާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!