Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މުސާރަ ޖަމާވިޔަސް، ފްރޮންޓްލައިން އެލަވަންސް މި މަހު ދޭނެ - މިނިސްޓްރީ

މުސާރަ ޖަމާވިޔަސް، ފްރޮންޓްލައިން އެލަވަންސް މި މަހު ދޭނެ - މިނިސްޓްރީ

ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަަސައްކަތް ކުރާ މަސައްކަތްތެރިންނަށް ދޭން ނިންމި އެލަވަންސް، މި މަސް ތެރޭގައި ޖަމާ ކުރަމުންދާނެކަމަށް ފިނޭންސް މިނސިްޓްރީ އިން ބުނެފިއެވެ.

އޮންލައިން އެއް ކަމަށްވާ "ވަގުތު"އަށް މައުލުމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކްޓިވް މުޙައްމަދު ޝަނޫން ވިދާޅުވީ ޕްރޮސެސް ވަމުންދާ ވަރަކަށް ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް އެލަވެންސްތައް ޖަމާވަމުން ދާނެ ކަމަށާއި މި މަހުގެ ކުރިން ލިބިގެންދާނެ ކަމަށެވެ.

މި މަހުގެ މުސާރަ ލިބުނު އިރު ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދޭން ބުނި އެލަވަންސް ނުދިނުމުން ގިނަ ބަޔަކު އަންނަނީ މީސް މީޑިއާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement
Ooredoo — Truecaller (box)

ފްރޮންޓްލައިން އެލަވަންސް މި މަހުގެ މުސާރަ އާއެކު ލިބިގެންދާނެ ކަަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މި މަހުގެ 14 ވަނަ ދުވަހު ބުނެފައިވެއެވެ،

ކޮވިޑް-19 އާ ދެކޮޅަށް ފްރޮންޓް ލައިންގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ސަރުކާރުން ދޭން ހަމަޖެއްސެވި އެލަވަންސް ދިނުމަށް ހަމަޖެހިފައި ވަނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ.

އެގޮތުން އެންމެ ހައިރިސްކް، ފަރާތްތަކަށް ކޮންމެ ދުވާލަކަށް، 500 ރުފިޔާ، ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200 ރުފިޔާ ދެވޭނެ ކަމަށް މީގެ ކުރިން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް