Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮވިޑް-19: ނައިފަރުން ފައްސިވީ މީހުންގެ އަދަދު 43އަށް

ކޮވިޑް-19: ނައިފަރުން ފައްސިވީ މީހުންގެ އަދަދު 43އަށް

ޅ.ނައިފަރުން އިތުރު 12 މީހަކު ކޮވިޑް-19އަށް ފައްސިވެ، އެ ރަށުން ފައްސިވީ މީހުންގެ ޖުމްލަ އަދަދު 43އަށް އަރައިފިއެވެ.

މިއަދު މެންދުރު 1:00އާ ހަމައަށް ޅ.އަތޮޅު ހޮސްޕިޓަލުން ހާމަކޮށްފައިވާ އަދާހަމަތަކަށް ބަލާއިރު، ކޮވިޑަށް ޓެސްޓު ކުރުމަށް އެ ރަށުން މިހާތަނަށް 1265 ސާމްޕަލް ނަގާފައިވެއެވެ.

އޭގެތެރެއިން 724 މީހެއްގެ ނަތީޖާ ލިބިފައިވާއިރު، 541 މީހުންގެ ނަތީޖާ އަދި ނުލިބެއެވެ.

Advertisement
Allied — Dhen Online (box)

ނަތީޖާ ލިބުނު ފަރާތްތަކުގެ ތެރެއިން ކޮވިޑް-19އަށް ނައްސި ވެފައި ވަނީ 681 މީހެކެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން މިހާރު މި ބައްޔަށް 23،671 މީހުން ފައްސި ވެފައިވެއެވެ. އަދި 20،839 މީހުން ވަނީ މި ބަލިން ފަސޭހަ ވެސް ވެފައެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވީ 67 މީހުން ކަމަށް ވެސް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް