Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފީނަން ދިޔަ ސިފައިންގެ މީހަކު ގެއްލިގެން ހޯދަނީ

ފީނަން ދިޔަ ސިފައިންގެ މީހަކު ގެއްލިގެން ހޯދަނީ

ލ.ކައްދޫ އިރުމަތީ ފަރާތު މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން އެކަކު ގެއްލިގެން، ހޯދުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ކައްދޫ އިރުމަތީ ފަރާތު މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން ގެއްލިގެން ހޯދަމުން ދަނީ ލާންސްކޯޕްރަލް ޙުސެއިން ފާރިޝް (އެސްއެން.7613) ކަމަށެވެ.

ފާރިޝް ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރޮންގެ ޑައިވަރުން ކުރަމުން ގެންދަވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ 17:40 ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން އިތުރު ސިފައިންގެ މީހަކު ގެނބުނު ކަމަށާއި އެމީހާއަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެ މީހާ ގެނބުނީ ގެއްލުނު ސިފައިންގެ މީހާ އޮއިގަނޑެއްގައި ޖެހި އަޑިއަށް ދާތީ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ ސިފައިންގެ މީހާގެ ހާލު އަންނަ ރަނގަޅުވަމުން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ގެއްލުނު ސިފައިންގެ މީހާ ހޯދުމުގެ މަސައްކަތް ހުއްޓައި ނުލައި ކޯސްޓްގާޑު ޑައިވަރުންގެ ޓީމުން ދަނީ ކުރައްވަމުންނެވެ.

އެ ހަތަރު ސިފައިން ވެސް މޫދަށް ދިޔައީ އެމީހުންގެ "ޑިއުޓީ އޮފް" ގަޑީގައިކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް