Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހާލުގައި ޖެހުނު ބޭރުގެ ޔޮޓަކަށް އެމްއެންޑީއެފުން އެހީވެއްޖެ

ހާލުގައި ޖެހުނު ބޭރުގެ ޔޮޓަކަށް އެމްއެންޑީއެފުން އެހީވެއްޖެ
ހާލުގައި ޖެހުނު ބޭރު ގައުމެއްގެ ޔޮޓަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރު ކޮށްދީފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ސީޝެލްސުން ފުރައިގެން ތައިލެންޑްގެ ޕުކެޓަށް ދަތުރުކުރި ސެއިލިން ޔޮޓް "ލަގާން" ނަމަކަށް ކިޔުނު ޔޮޓެއް ކަމަށެވެ. އެ ޔޮޓަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ރާއްޖޭގެ ސާޗް އެންޑް ރެސްކިއު ސަރަހައްދުގެ ތެރެއިން އެ ޔޮޓް ހާލުގައި ޖެހިފައިވާތީ ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ޔޮޓު ހާލުގައި ޖެހުނީ ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ އިރުން 26 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އެކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު ފަހު 14:55 ހާއިރުއެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ޔޮޓް ހާލުގައި ޖެހުނު ސަރަހައްދުން ދަތުރުކުރި އާގު ބޯޓެއް ކަމުގައިވާ "އެކޯސަވާނާ" އާއި އިޓަލީގެ އެމްއާރުސީސީ ރޯމާއާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ކުރި މަސައްކަތުން މި ޔޮޓު މިހާރު ސަލާމަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

 އެ ޔޮޓުން ދަތުރުކުރި ދެ މީހުންގެ ހާލު ވެސް ރަނގަޅެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް