Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ 7 ކެންޑިޑޭޓަކު ނަން ނަގައިފި

ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ 7 ކެންޑިޑޭޓަކު ނަން ނަގައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް އެމްޑީޕީގެ ހަތް ކެންޑިޑޭޓަކު ނަން ނަގައިފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.

އެގޮތުން އީސީ ބުނީ މިހާތަނަށް 24 ކެންޑިޑޭޓަކު ވަނީ ނަން ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ހަތް ކެންޑިޑޭޓުންނާއި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި 15 ކެންޑިޑޭޓުންނެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓަކު ވަނީ ނިޔާވެސް ވެފައެވެ. މެއި މަހުގެ ކުރީކޮޅު ނިޔާވެފައިވަނީ ހދ. ހަނިމާދޫ ކައުންސިލް ގޮނޑިއަށް ވާދަ ކުރަން އެމްޑީޕީގެ ޓިކެޓް ލިބުނު ހުސްނުބާން އަބްދުއްރަހުމާނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް