Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މި ބަލީގައި ރާއްޖެއިން މިއަދު ނިޔާވެފައި ވަނީ އުމުރުން 66 އަހަރުގެ ފިރިހެނެއް ކަމަަށެވެ.

އެޗްޕީއޭއިން ވިދާޅުވީ އެ މީހާ މިއަދު މެންދުރު 12:27 ގައި އައިޖީއެމްއެޗްއަށް ގެނައީ އެއްވެސް ހަރަކާތެއް ނުކުރާތީ ކަމަށާއި އޭނާ ނިޔާ ވެފައިވާ ކަމަށް ކަނޑައެޅީ މެންދުރު 12:35ގައި ކަމަށެވެ.

Advertisement
Allied Insurance — Square (box)

މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 67ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް