Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެކި މައްސަލަތަކުގައި މިއަހަރުގެ މިހާތަނަށް 12 ފުލުހަކު ވަޒީފާއިން ވަކިކޮށްފި

އެކި މައްސަލަތަކުގައި މިއަހަރުގެ މިހާތަނަށް 12 ފުލުހަކު ވަޒީފާއިން ވަކިކޮށްފި

އެކި މައްސަލަތަކުގައި މިއަހަރުގެ މިހާތަނަށް 12 ފުލުހަކު ވަނީ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ގަވާއިދާ ހިލާފުވުމުގެ ސަބަބުން ދެ ފުލުހަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން އެ ދެ ފުލުހުންނަށް ވެސް ފިޔަވަޅެއްގެ ގޮތުން ވަނީ ކައުންސެލިން ދީފައެވެ.

އިހުމާލުވުމުގެ ސަބަބުން ވެސް ފުލުހަކަށް ފިޔަވަޅު އަޅާފައިވާއިރު، އޭނާއަށް އެޅި ފިޔަވަޅަކީ ކައިރިން ސްޕަވައިޒް ކުރެވޭ ގޮތަށް ވަޒީފާ އަދާކުރުވުމެވެ. މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ސަބަބުން މިއަހަރު މިހާތަނަށް ދެ ފުލުހަކު ވަނީ ވަޒީފާ އަދާކުރާ ތަން ބަދަލުކޮށްފައެވެ.

Advertisement
Allied — Dhen Online (box)

އަދި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުން އެއް ފުލުހެއްގެ ރޭންކު ވަނީ ދަށްކޮށްފައެވެ.

އޭގެތެރޭގައި ބަދު އަހުލާގީ މައްސަލަތަކުގައި ދެ ފުލުހަކު، އިހުމާލުވުމުގެ މައްސަލައެއްގައި އެއް ފުލުހަކު، ފުލުހެއްގެ ގައިގައި ހުންނަންޖެހޭ އަހުލާގީ މިންގަނޑުތަކާއި ހިލާފުވުމުން އެއް ފުލުހަކު، ވަޒީފާ އަށް ފިލި އެއް ފުލުހަކު، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރި ތިން ފުލުހެއްގެ އިތުރުން ވަޒީފާ އަށް ހާޒިރުނުވި ދެ ފުލުހަކު ވެސް ހިމެނެއެވެ.

މީގެއިތުރުން މިއަހަރުގެ ނިޔަލަށް ނަސޭހަތާއި އިންޒާރު 15 ފުލުހަކަށް ވަނީ ދީފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް