Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ﷲ އަށް ހަމްދުހުރި، އިތުރު 70 މީހަކު ބަލިން ރަނގަޅު ވެއްޖެ

ﷲ އަށް ހަމްދުހުރި، އިތުރު 70 މީހަކު ބަލިން ރަނގަޅު ވެއްޖެ

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 70 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

މި 70 މީހުންނާއެކު، ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2498 އަށް އަރާފައެވެ.

އެޗްޕީއޭ އިން ބުނީ މިއަދު އިތުރު 55 މީހަކު ކޮވިޑަށް ފައްސިވި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 31 ދިވެހިންނާއި، ބަންގްލަދޭޝްގެ 21 މީހަކާއި، އިންޑިއާ ދެ މީހެއްގެ އިތުރުން ލަންކާ މީހެއް ކަމަށެވެ.

Advertisement
Allied Insurance — Square (box)

މި 55 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 3175 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 647 މީހަކަށެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 15 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ދިވެހީންނާއި، ބަންގްލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް