Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ދިއްދޫގައި ޕޯސްޓް އޮފީހެއް ހުޅުވައިފި

ދިއްދޫގައި ޕޯސްޓް އޮފީހެއް ހުޅުވައިފި

ހއ.ދިއްދޫގައި ޤާއިމު ކޮށްފައިވާ ޕޯސްޓް އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ.

މިޕޯސްޓް އޮފީސް ރަސްމީކޮށް ހުޅުވައި ދެއްވާފައި ވަނީ، ދިއްދޫގައި ރޭ ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަފީޤް މުޙައްމަދާއި އެކުންފުނީގެ ޗެއާމަން މުޙައްމަދު ޢަބްދުﷲ ވެސް ބައިވެރިވެ ވަޑައިގަތެވެ.

Advertisement
Ooredoo — Truecaller (box)

މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަފީޤް މުޙައްމަދު ވިދާޅުވީ ޒަމާނީ ބަދަލުތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޕޯސްޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި އަތޮޅުތަކުގެ ޕޯސްޓު އޮފީސް ވިއުގަ ފުޅާވެގެން ދިއުމަކީ ރައްޔިތުންނަށް އޭގެ ސަބަބުން ފަސޭހަތަކެއް ލިބި، ޚިދުމަތުގެ އިތުބާރާ ޔަގީންކަން ބޮޑުވެގެންދާނެ ކަމެއްކަމުގައި ޝަފީޤް ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ޝަފީޤް ވިދާޅުވީ މިއީ މޯލްޑިވްސް ޕޯސްޓުގެ ވިއުގަ ފުޅާކޮށް ޚިދުމަތްތައް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް