Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފަތިސް ވަގުތުން ފެށިގެން މެންދަމު 1:00 އަށް ރެސްޓޯރަންޓުތައް ހުޅުވުމުގެ ހުއްދަ ދީފި

ފަތިސް ވަގުތުން ފެށިގެން މެންދަމު 1:00 އަށް ރެސްޓޯރަންޓުތައް ހުޅުވުމުގެ ހުއްދަ ދީފި

ފަތިހު 4:30 އިން މެންދަމު 1:00 އަށް ރެސްޓޯރަންޓުތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދީފިއެވެ.

އެގޮތުން އެ މިނިސްޓްރީން ބުނެފައި ވަނީ މިއަދުން ފެށިގެން، މި އަހަރުގެ ރަމަޟާން މަސް ފެށެންދެން ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަން ވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 1:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.

އެ މިނިސްޓްރީން މި ގަޑިތަކުގައި ރެސްޓޯރެންޓްތައް ހުޅުވުމުގެ ހުއްދަ ދީފައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އެންގުމާއި އެއްގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ހުޅުވަން ދިން ހުއްދައިގެ ދަށުންނެވެ.

Advertisement
Ooredoo — Square (box)

އިކޮނޮމިކް މިނިސްޓްރީން ބުނީ ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފަރާތްތަކުން އެޗްޕީއޭއިން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް އަމަލު ކުރަން ވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް