Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ދިވެހި އާއިލާއެއްގެ ހުރިހާ މެންބަރުންނަށް ކޮވިޑް ޖެހިއްޖެ

ދިވެހި އާއިލާއެއްގެ ހުރިހާ މެންބަރުންނަށް ކޮވިޑް ޖެހިއްޖެ

ދިވެހި އާއިލާއެއްގެ ހުރިހާ މެމްބަރުން ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.

ފައްސިވެފައިވަނީ ތިން މީހުންގެ ކުޑަ އާއިލާއެކެވެ. އެގޮތުން 4 އަހަރުގެ ތުއްތު ދަރިފުޅާއި އެކުއްޖާގެ މަންމަ އާއި ބައްޕަ ވަނީ ކޮވިޑަށް ފައްސިވެ އައިސޮލޭޝަން ފެސިލިޓީއަށް މިހާރު ގެންގޮސްފައެވެ.

Advertisement
Allied — Dhen Online (box)

މި އާއިލާ ކޮވިޑަށް ފައްސިވުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ ޓުވިޓާ މެދުވެރިކޮށް އެ އާއިލާ އަށް ހެޔޮ ދުއާ ފޮނުއްވައިފައެވެ.

އާއިލާ އެއްކޮށް ކޮވިޑަށް ފައްސިވުމަކީ ވަރަށް މަދުން ނަމަވެސް ރާއްޖޭގައި ވެސް ހިނގަމުން އަންނަ ކަމެކެވެ.

ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީ ގައުމު ހުޅުވާލި ފަހުން، ރާއްޖޭގައި ބަލި ޖެހޭ މީހުންގެ އަދަދު އަދި ވަކިން ހާއްސަކޮށް ބަލި ޖެހޭ ދިވެހިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަން ފާހަގަކޮށްލަން ޖެހެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް