Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކޮވިޑް-19: ހުޅުމާލޭ ހޮސްޕިޓަލަށް ވިހަން ދިޔަ މީހަކު ފައްސިވެއްޖެ!

ކޮވިޑް-19: ހުޅުމާލޭ ހޮސްޕިޓަލަށް ވިހަން ދިޔަ މީހަކު ފައްސިވެއްޖެ!

ހުޅުމާލޭ ހޮސްޕިޓަލަށް ވިހަން ދިޔަ މާބަނޑު އަންހެނަކު ކޮވިޑް އަށް ފައްސި ވެއްޖެއެވެ.

އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ އޮފިޝަލަކު އެނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި މާބަނޑު އަންހެނަކު ހުޅުމާލޭ ހޮސްޕިޓަލަށް ވިހަން ދިޔުމުން އޮންނަ އުސޫލުގެ މަތިން ކޮވިޑް އަށް ޓެސްޓު ކޮށްފައިވާ ކަމަށެވެ.

ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބުނު އިރު އެމީހާ ފައްސި ވެފައިވާ ކަމަށް އޮފިޝަލު ވިދާޅުވެފައިވާ ކަމަށް ވެސް އެނޫހުން ބުނެފައިވެއެވެ.

Advertisement
Allied Insurance — Square (box)

ނަމަވެސް އެއަންހެން މީހާ ވިހާފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އަދި އެނގިފައެއް ނުވެއެވެ. އަދި އެއަންހެން މީހާގެ އުމުރެއްވެސް ހާމަ ކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅޭގޮތުން ހުޅުމާލޭ ހޮސްޕިޓަލުން އަޅާފައިވާ ފިޔަވަޅުތަކެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅޭގޮތުން "ދެން" ގެ ފަރާތުން އެޗްއީއޯސީ ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގަށް ގުޅާލުމުން، އެކަމަނާގެ ފޯނު ނިވިފައިވުމުން ވަނީ އިތުރު މައުލޫމާތެއް ހޯދޭ ގޮތް ނުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް