Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެމަޖެންސީގައި ފަރުވާ ދެމުންދިޔަ ޔަމަނުގެ ޔާސިރް ޔަހުޔާ ޑީޕޯޓު ކޮށްލަން އުޅޭކަމުގެ ތުހުމަތުތަކެއް!

އެމަޖެންސީގައި ފަރުވާ ދެމުންދިޔަ ޔަމަނުގެ ޔާސިރް ޔަހުޔާ ޑީޕޯޓު ކޮށްލަން އުޅޭކަމުގެ ތުހުމަތުތަކެއް!

ވަރަށް ބޮޑަށް ހާލު ދެރަވެ، އެމަޖެންސީގައި ފަރުވާ ދެމުންގެންދާ ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ ޑީޕޯޓު ކޮށްލަން އުޅޭކަމުގެ ތުހުމަތުތަކެއް އޭނާގެ އަންހެނުން ކޮށްފިއެވެ.

އެގޮތުން ޔާސިރުގެ އަންހެނުން ބުނެފައިވަނީ، ޔާސިރުގެ ޕާސްޕޯޓު ހެއްދުމަށްޓަކައި ޔަމަނުގެ އެމްބަސީގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން އެދިފައިވާ ކަމަށެވެ.

ޔާސިރު ހައްޔަރު ކޮށްފައި ހުންނަތާ މިހާރު ތިން އަހަރާއި 4 މަސް ވެފައިވާއިރު، އޭނާގެ މައްސަލަ އަދި މިހާތަނަށް ބަލަން ފަށާފައެއް ވެސް ނުވެއެވެ. އަދި އޭނަގެ ބަލިހާލަތުވެސް މިހާރު ވަނީ ވަރަށް ދަށްވެފައެވެ.

Advertisement
Ooredoo — Square (box)

ޔާސިރުގެ އަންހެނުން ފާހަގަ ކޮށްފައިވާ ގޮތުގައި، ޔާސިރުގެ ޕާސްޕޯޓު ހައްދަން ފޮރިން މިނިސްޓްރީން ފަށާފައި މިވަނީ އޭނަގެ ބަލިހާލަތު ސީރިއަސް ވުމުންނެވެ.

މިހާރުވެސް މިނިސްޓްރީގެ މައިގަނޑު އަމާޒަކީ ޔާސިރްގެ ސިއްޚީ ހާލަތާއި ގުޅޭ މައުލުމާތު ޔަމަން ސަރުކާރާއި ހިއްސާ ކުރުމުގެ ބަދަލުގައި، ޑީޕޯޓުކޮށްލުން ކަމަށް އޭނާގެ އަންހެނުން ވަނީ ބުނެފައެވެ. އެގޮތަށް އެކަން ވިޔަ ނުދޭނެ ކަމަށްވެސް ޔާސިރުގެ އަންހެނުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީގެ ވެސް އަދި އިމިގްރޭޝަންގެ ފަރާތުން ވެސް އަދި ވަނީ ބަހެއް ލިބޭ ގޮތް ނުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް