Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހަސަން ތާޖުއްދީން ލިޔުއްވި "ތާރީޚް އިސްލާމި ދީބާ މަޙަލް” ނެރުއްވައިފި

ހަސަން ތާޖުއްދީން ލިޔުއްވި "ތާރީޚް އިސްލާމި ދީބާ މަޙަލް” ނެރުއްވައިފި
އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ “ތާރީޚް އިސްލާމި ދީބާ މަޙަލް”ގެ ދިވެހި ތަރުޖަމާ ރަސްމީކޮށް ނެރުއްވައިފިއެވެ. “ތާރީޚް އިސްލާމި ދީބާ މަޙަލް”އަކީ އަލްޤާޟީ ޙަސަން ތާޖުއްދީން އަރަބި ބަހުން ލިޔުއްވާފައިވާ ރާއްޖޭގެ ދިގު ތާރީޚު ކިޔައިދޭ ފޮތެކެވެ. އެގޮތުން މިއީ ރާއްޖޭގެ ދިގު ތާރީޚާ ގުޅޭ ގޮތުން ދިވެއްސަކު ލިޔުއްވާފައިވާ އެންމެ ފުރަތަމަ ފޮތެވެ. މިފޮތް ނެރުއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ މި ފޮތަކީ ރާއްޖޭގެ ތާރީޚުގެ ވަރަށް އަގުހުރި ރަންމުތެއް ކަމަށާއި، މިއީ ގައުމީ ތަރިކަ ތަކުގެ ތެރެއަށް އިތުރުވެގެންދާ ތަރިކައެއް ކަމުގައި ކަމަށެވެ. މީގެ އިތުރުން މި ފޮތަކީ ކިޔަވާ ކުދިންނަށް ދިއްލުނު އިލްމީ އަލިގަދަ ދަންމަރެއް ކަމުގައި ވެސް ވެގެން ދާނެ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ކަމާ ގުޅުން ހުރި އެކި ފެކަލްޓީތަކުން، ރާއްޖޭގެ ތާރީޚު މިހާރަށް ވުރެ ފުންކޮށް ދިރާސާކޮށް ހޯދަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ދަރިވަރުން ވެސް މިކަމަށް ހޭލުންތެރިކުރުވައި ދިވެހިބަހުގެ އެކަޑަމީގެ ފުރިހަމަ އެއްބާރުލުން މިހާރަށް ވުރެ އިތުރަށް ހޯއްދަވައި އެމަސައްކަތް ފެއްޓެވުމަށް ގޮވައިލެއްވިއެވެ. މި ކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހަމައެކަނި ބަލަންވީ އިހުގެ ތާރީޚަށް ނޫން ކަމަށާއި، އެ އިރެއްގައި ކަންތައްތައް ވަމުން ދާގޮތް، ތެދު ބަހުން ހާމަކުރަން ޖެހޭ ކަމަށެވެ. އެކަމަކީ  "ލޮލުން ދެކި އަތުން ހިފި ބަޔަކަށް” އެންމެ ފުރިހަމައަށް ކުރެވޭނެ ކަންކަން ކަމުގައި ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
މިފޮތުގައި ހުރި ވާހަކަތަކަށް ބަލާއިރު، މިއީ ހަމައެކަނި ތާރީޚު ފޮތެއް ވެސް ނޫން. މިއީ ދުނިޔަވީ ކަންކަމުގައި ހެޔޮ އިރުޝާދު ބޭނުންވާ މީހަކަށް ވަރަށް ބޭނުންތެރި އަގުހުރި ނަޞޭޙަތްތަކެއް. އިންސާނީ ތާރީޚުގެ ފަތްފުށްތަކުން ޢިބްރަތް ޙާޞިލްކުރަން އެދޭ މީހަކަށް ވެސް، އެތައް ދަރުސްތަކެއް ލިއްބައިދޭނެ ފޮތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު
މިފޮތް ދިވެހި ބަހަށް ތަރުޖަމާކޮށް ޗާޕު ކުރުމުގެ މަސައްކަތުގައި ޝާމިލުވި އެންމެހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް