Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދިއްފުށީ ކައިރިން ބޭރުގެ މަސްބޯޓެއް ފެނިއްޖެ

ދިއްފުށީ ކައިރިން ބޭރުގެ މަސްބޯޓެއް ފެނިއްޖެ

ކ. ދިއްފުށީ ކައިރިން ބޭރުގެ މަސްބޯޓެއް ފެނިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ބޭރުގެ މަސްބޯޓެއް ދިއްފުށީ ބޭރުން ފެނުނު ކަމުގެ އެކަމުގެ ރިޕޯޓު ލިބުމުން އެ ސަރަހައްދުގައި މިހާރު ކޯސްޓްގާޑް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ މަސްބޯޓު ފެނިގެން ރިޕޯޓުކޮށްފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި ދެ މަސްދޯންޏަކުން ކަމަށް ވެސް އެމްއެމްޑީއެފުން ބުނެއެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅޭ އެކި ގައުމުތަކުގެ މަސްބޯޓުތައް ވަނީ އަތުލައިގެންފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް