Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މިއަދު އެކަނިވެސް 77 މީހަކު ކޮވިޑަށް ފައްސި ވެއްޖެ

މިއަދު އެކަނިވެސް 77 މީހަކު ކޮވިޑަށް ފައްސި ވެއްޖެ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 77 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދު ފައްސިވި 77 މީހުންގެ ތެރޭގައި ހިމެނެނީ 56 ދިވެހިންނާއި، ބަންގްލަދޭޝްގެ 20 މީހަކާއި، އިންޑިއާ މީހެއް ކަމަށެވެ.

މި 77 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 3252 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 688 މީހަކަށެވެ.

Advertisement
Ooredoo — Square (box)

މިއަދު އިތުރު 36 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2534 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 15 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ދިވެހީންނާއި، ހަ ބިދޭސީންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް