Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރޭގައި 56 ދިވެހިން ހިމެނޭ!

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރޭގައި 56 ދިވެހިން ހިމެނޭ!

މިއަދު ރާއްޖެއިން ކޮވިޑަށް ފައްސިވި 77 މީހުންގެ ތެރޭގައި 56 ދިވެހިން ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދު އިތުރު 77 މީހަކު ކޮވިޑަށް ފައްސިވި ކަމަށާއި އެ މީހުންގެ ތެރޭގައި ހިމެނެނީ 56 ދިވެހިންނާއި، ބަންގްލަދޭޝްގެ 20 މީހަކާއި، އިންޑިއާ މީހެއް ކަމަށެވެ.

މިއީ ލޮކްޑައުންގެ ހާލަތަށް ލުއި ދިން ފަހުން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ. މިއަދުގެ އަދަދާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 3،252 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 688 މީހަކަށެވެ.

Advertisement
Ooredoo — Square (box)

މިއަދު އިތުރު 36 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2534 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 15 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ދިވެހީންނާއި، ހަ ބިދޭސީންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް