ދުނިޔެ

ކޮވިޑްގެ ސަބަބުން ދަރިފުޅަށް ގޭގައި ކިޔަވައި ދިނުމަށް ސްމާޓް ފޯނެއް ގަންނަން ބައްޕަގެ ގެރި ވިއްކާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ސްކޫލް ބަންދު ކުރުމުގެ ސަބަބުން ދަރިފުޅުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ސްމާޓް ފޯނެއް ގަންނަން ބައްޕަ އަކު އޭނ ާގެރި ވިއްކާލައިފިއެވެ.

Ads by WAMCO

ކޮވިޑާ ގުޅިގެން އިންޑިއާގެ ސްކޫލުތަކުން ދަރިވަރުންނަށް ކިޔަވައިދެމުން މިހާރު އަންނަނީ އޮންލައިން ކޮށެވެ. ހިމާޗަލް ޕްރަދޭޝްގެ ވިލެޖެއްގައި ދިރިއުޅޭ ކުލްދިޕް ކުމާރު ބޭނުން ވަނީ ސްމޯޓު ފޯނެއް ގަނެ އޭނާގެ އަންހެން ދަރިފުޅުގެ ކިޔެވުން ކުރިއަށް ގެންދިއުމެވެ.

ނަމަވެސް ކުލްދިޕްގެ އަތުގައި ފައިސާ ނެތުމުން އޭނާ ވަނީ މީގެ ދެ މަހެއް ވަރު ކުރިން މީހެއްގެ އަތުން ލޯނަށް ފައިސާ ނަގައިގެން ސްމާޓް ފޯނެއް ގަނެފައެވެ. ނަމަވެސް މިހާރު ލޯނު ދިން މީހާ ފައިސާ ދިނުމަށް އެދެން ފެށުމުން ކުލްދިފް ވަނީ އޭނާގެ ގެރި ވިއްކާލާފައެވެ.

މިވާހަކަ މީސް މީޑިއާގައި ދައުރުވާން ފެށުމުން ސްޓޭޓް އެޑްމިނިސްޓްރޭޝަނުން ވަނީ ކުލްދިޕަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކޮށްފައެވެ. އެގޮތުން އެ މީހުން އޭނާގެ ގެރި އަނބުރާ ދޭން އުޅުމުން ކުލްދިޕް ވަނީ ގެރި ބޭނުން ނުވާ ކަމަށް ބުނެފައެވެ. އޭނާ ބޭނުންވީ ސެންޓަރަލް ސްކީމެއްގެ ދަށުން އޭނާގެ ގެ މަރާމާތު ކުރާށެވެ. އެޑްމިނިސްޓްރޭޝަނުން ވަނީ ގާނޫނާ އެއްގޮތަށް ކުލްދިޕް އަށް އެހީވާނެ ކަމަށް ބުނެފައެވެ.

އިންޑިއާގެ ޕަންޖާބުގައި މިދިޔަ މަހު އަންހެން ކުއްޖަކު ވަނީ އޭނާގެ ބައްޕަ އޭނާ އަށް ސްމާޓް ފޯނެއް ނުގަނެދެވުމުން އަމިއްލަ އަށް މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!