ޚަބަރު

މޫސުން ގޯސްވެ، ޓީއެމްއޭގެ ދެ ސީޕުލޭން އެކްސިޑެންޓް ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި، މޫސުން ގޯސްވެ ޓީއެމްއޭގެ ދެ ސީޕުލޭނެއް އެކްސިޑެންޓް ވެއްޖެއެވެ.

Ads by Sosun Fihaara

އޮންލައިން ނޫހެއް ކަމަށްވާ "ފެށުން" ގައި ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

އަދި މި ދެ ބޯޓަށް ވެސް ގެއްލުން ވެފައިވަނީ ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ކަމަށް ބުނެފައިވެއެވެ. އެގޮތުން ފުރަތަމަ ހާދިސާގައި ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި މޫދުގައި ފިޔަގަނޑުޖެހުމުން ބޯޓުގެ ބެލެންސް ގެއްލި މޫދުގައި ބޯޓުގެ ކުރީކޮޅު ޖެހުމުން ބޯޓުގެ ކުރީކޮޅަށް ގެއްލުން ލިބިފައިވެއެވެ.

އަދި ދެވަނަ ހާދިސާގައި އެކްސިޑެންޓުވެފައިވަނީ ބޯޓުގެ އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލަ އަކާ ގުޅިގެން ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.

މީގެ ކުރިންވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޓީއެމްއޭގެ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި ހާދިސާ އެއް ހިނގާފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!