Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގައުމުގެ މިނިވަންކަމުގެ ހިމާޔަތުގައި ދިވެހި ސިފައިން ދެމިތިބޭނަން: މާރިޔާ

ގައުމުގެ މިނިވަންކަމުގެ ހިމާޔަތުގައި ދިވެހި ސިފައިން ދެމިތިބޭނަން: މާރިޔާ

ދިިވެހި ގައުމާއި އިސްތިގްލާލްގެ ދިފާއުގައި ދިވެހި ސިފައިން އަބަދުވެސް ދެމިތިއްބަވާނެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެކަމަނާ ދެއްވި މެސެޖުގައި ވިދާޅުވީ އަޅުގަނޑުމެން މިއަދު މިދެކޭ މިނިވަންކަމުގެ ސިއްރަކީ ކާބަފައިން ގެންގުޅުއްވި ޙިކުމަތު ޢަމަލީކަމަށެވެ. އަދި އެބޭފުޅުންގެ މިންނެތް މަސައްކަތުން ހޯއްދަވައިދެއްވި މިނިވަންކަން އަންނަން އޮތް ޖީލުތަކާއި ހަމައަށް ވާސިލްކޮށްދިނުމުގައި އަޅުގަނޑުމެންގެ ދަޢުރު ބޮޑުކަމަށެވެ.

މިނިސްޓަރު މާރިއާ ވިދާޅުވި މިނިވަންކަން ދެމެހެއްޓުމަކީ އެންމެންގެ ޤައުމީ ވާޖިބެއްކަމަށެވެ. އަދި މި ވާޖިބު އަދާކުރުމުގައި އެންމެ އިސް ދަޢުރެއް އަދާކުރާ އެއްބަޔަކީ ދިވަހި ސިފައިންކަަމަށެވެ. ކުރިންވެސް އަދި މިިހާރުވެސް ޤައުމުގެ ޙިމާޔަތުގައި ދިވެހި ސިފައިން ވަމުންދާ ޤުރުބާނީ ބަލައިގަންނަކަމަށާއި، އެކަމަށް ޝުކުރު އަދާކުރައްވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމުގައި ދިވެހި ސިފައިން އަބަދުވެސް ދެމިތިއްބަވާނެކަމަށެވެ. އަދި މިނިވަން މުސްތަޤިއްލު ގައުމެއްގެ ގޮތުގައި އޮތުމަށް ކުރާ މަސައްކަތުގައި އަބަދުވެސް ޙިއްސާވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވަނީ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ތަޙުނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޮނުއްވާފައެވެ.

Advertisement
Allied Insurance — Square (box)

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް