Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދިއްފުށި ބޭރުން ފެނުނު ބޭރުގެ މަސްބޯޓު އަތުލައިގަނެ، ފުލުހުންނާ ހަވާލު ކޮށްފި

ދިއްފުށި ބޭރުން ފެނުނު ބޭރުގެ މަސްބޯޓު އަތުލައިގަނެ، ފުލުހުންނާ ހަވާލު ކޮށްފި

މާލެ އަތޮޅު ދިއްފުށީ ކައިރިން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސްބޯޓު އަތުލައިގެންފި އެވެ.

އެމްއެންޑީއެފުން ބުނީ ދިއްފުއްޓާއި ދިމާލު ބޭރުން މަސްބޯޓެއް ފެނުނުކަމުގެ ރިޕޯޓްކޮށްފައި ވަނީ އެސަރަހައްދުން މަސްވެރިކަން ކުރަމުންދިޔަ ދެ ދޯންޏަކުން ކަމަށެވެ. އެ ބޯޓުގައި ހަ މީހުން ތިބި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މި ބޯޓް ހަރަކާތްތެރިވާކަމުގެ ރިޕޯޓް ކޯސްޓްގާޑް އެމްއާރުސީސީއަށް ކޮށްފައިވަނީ އަސަރީ ދޯންޏާއި ކިންގފިޝަރ ނަމަކަށް ކިޔާ ދެ ދޯނިންނެވެ.

Advertisement
HDC — Sidebar (box)

އެ މަސްބޯޓު ކޯސްޓުގެ ގާޑުގެ ބެލުމުގެ ދަށުން ހުޅުމާލެ ފަޅަށް މިހާރު ވައްދާފައިވާއިރު، އިތުރަށް ތަހުގީގު ކުރިއަށް ގެންދިޔުމަށް ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.

ބޭރުގެ މަސްބޯޓުތައް ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން މަސްވެރިކަންކުރާ މައްސަލައަކީ ދޭތެރެދޭތެރެއިން ފާހަގަ ކުރެވޭކަމެކެއެވެ. އަދި މިފަދަ ބޯޓުތައް އަތުލައިގަތުމުގައި ދިވެހި މަސްވެރިންނާއި މަސްވެރި އުޅަނދުތަކުން ވަރަށް ބޮޑު އެއްބާރުލުންތަކެއް ދެމުންއަންނަކަން ކޯސްޓްގާޑުން ފާހަގަކުރައްވަފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް