Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހަގީގީ މިނިވަންކަން ދިވެހިންނަށް ހޯދައި ދިނުމުގައި އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން: އަދުރޭ

ހަގީގީ މިނިވަންކަން ދިވެހިންނަށް ހޯދައި ދިނުމުގައި އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން: އަދުރޭ

ރާއްޖޭގެ ރައްޔިތުންނަށް ހަގީގީ މިނިވަންކަން ހޯދައި ދިނުމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ފަހަތަކަށް ނުޖެހޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރެއްވި ރޭ ޓްވީޓެއްގައެވެ.

އެގޮތުން އަދުރޭ ވިދާޅުވީ ދިވެހިރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ޕީޕީއެމްގެ ރައީސް، ރައީސް ޔާމީންގެ ނަންފުޅުގައްޔާއި، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ނަމުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

"ހަގީގީ މިނިވަންކަން ދިވެހިންނަށް ހޯދައި ދިނުމުގައި އަޅުގަނޑުމެން ފަހަކަސް ނުޖެހޭނަން، އިންޝާﷲ." އަދުރޭ ވިދާޅުވިއެވެ.

މިއަދަކީ ދިވެހިރާއްޖޭގެ 55 ވަނަ މިނިވަން ދުވެހެވެ. މިނިވަން ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ދިވެހިރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް