Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ލިޓަސްއަށް ފާރިޝް ދައްކަން އޮތް ބައިލައްކައަށްވުރެ ގިނަ ރުފިޔާ މާފުކޮށްދީފި

ލިޓަސްއަށް ފާރިޝް ދައްކަން އޮތް ބައިލައްކައަށްވުރެ ގިނަ ރުފިޔާ މާފުކޮށްދީފި

ގެނބިގެން ނިޔާވި ސިފައިންގެ ލާންސްކޯޕްރަލް ޙުސެއިން ފާރިޝް، ލިޓަސްއަށް ދައްކަން އޮތް ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ލިޓަސްއިން މާފު ކޮށްދީފިއެވެ.

ފާރިޝް ވަނީ ލިޓަސްއިން ސައިކަލެއް އިންސްޓޯލްމަންޓަށް ނަގައިފައެވެ.

އޭނާގެ އާއިލާއަށް އެޑްރެސްކޮށް ލިޓަސްއިން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ ކުންފުނިން ފާރިޝް އިންސްޓޯލްމެންޓަށް ނަގާފައިވާ ސައިކަލަށް، ނުދެއްކި އޮތް ބައިލައްކައަށްވުރެ ގިނަ ރުފިޔާ އެ ކުންފުނީގެ މެނޭޖްމެންޓުން މައާފް ކޮށްދީފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

ފާރިޝް ނިޔާވީ، ލ.ކައްދޫގެ އިރުމަތިފަރާތައް ސްނޯކްލިންއަށް މަސް ހިފުމަށް ގޮސް އުޅެނިކޮށް އޮއިގަނޑެއްގައި ޖެހި ދަމައިގަނެގެން، މި ދިޔަ ބުދަ ދުވަހުއެވެ.

ލ. މާބައިދޫ / ޑަޔަމަންޑްވިލާ ޙުސައިން ފާރިޝް (ލާންސް ކޯޕްރަލް ފާރިޝް) އުފަންވީ 26 ޖަނަވަރީ 1993 ގައެވެ. އެހެންކަމުން ނިޔާވިއިރު އުމުރަކީ އެންމެ 28 އަހަރެވެ. 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅުނު ލާންސް ކޯޕްރަލް ފާރިޝް، ޒަވާޖީ ހަޔާތެއް ފައްޓަވައިފައެއް ނުވެއެވެ.

ކުރިން ޕްރައިވެޓެއްގެ މަޤާމުގައި ހުންނެވި ޙުސެއިން ފާރިޝް، ލާންސް ކޯޕްރަލް ކަމުގެ މަޤާމަށް ޕްރޮމޯޓް ވީ 01 ޖޫން 2020 ގައެވެ. އޭނާ މަސައްކަތް ކުރެއްވީ އެމްއެންޑީއެފް މެރިން ޑިޕްލޮއިމަންޓް ޔުނިޓް 1 ގައެވެ.

ލާންސް ކޯޕްރަލް ފާރިޝް ނިޔާވިއިރު ސިފައިންގެ ޚިދުމަތުގައި ހަތަރު އަހަރާއި 5 މަހާއި 19 ދުވަސް ހޭދަ ކޮށްފައި ވެއެވެ.

އޭނާ ފުރިހަމަ ކުރައްވާފައިވާ ތަމްރީންތަކުގެ ތެރޭގައި 63 ވަނަ ސިފައިންގެ އަސާސީ ތަމްރީން ކޯސް، އެމްއެންޑީއެފް އިން ހިންގި ރެސްކިއު ސްވިމިންގ ކޯހުގެ ގޯލްޑް ލެވެލް، އެމްއެންޑީއެފް އިން ހިންގި މެރިންކޯ ބޭސިކް ކޯސް-6، ކައުންޓަރ ޓެރަރިޒަމް ކްލޯސް ކުއާޓަރ ބެޓަލް ކޯސް އަދި އެމްއެންޑީއެފް ސެންޓަރަލް އޭރިއާ ލ.ކައްދޫގައި 3 ހަފުތާގެ އަސްކަރީ ތަމްރީން ކޯހެއް ވެސް ހިމެނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް