Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮވިޑް-19: ފައްސިވާ މީހުން އިތުރުވާތީ ލުއިތަކަށް ބަދަލު ގެނައުމަށް އެމްއާރްއެމުން ގޮވާލައިފި

ކޮވިޑް-19: ފައްސިވާ މީހުން އިތުރުވާތީ ލުއިތަކަށް ބަދަލު ގެނައުމަށް އެމްއާރްއެމުން ގޮވާލައިފި

ކޮވިޑް19 ކޭސްތައް އިތުރުވަމުންދާތީވެ، ދީފައިވާ ލުއިތަކަށް ބަދަލު ގެނައުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ގޮވާލައިފި އެވެ.

މިއަދު ފާހަގަ ކުރަމުންދާ ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައި، އެމްއާރްއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަހަރުގެ މިނިވަން ދުވަސް ކުރިމަތިވީ، ނުރައްކާތެރި ކޮވިޑް19ގެ ސަބަބުން އާންމުކޮށް ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށާއި އެގޮތުން ބޭރަށް ނުކުމެ އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި، މާސްކު އެޅުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެން ދެކެން ޖެހޭ ކަމަށެވެ.

މިދުވަސްކޮޅު ކޮވިޑަށް ފައްސިވާ މީހުން އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުންފާޅު ކުރަމުން އެޕާޓީން ބުނެފައިވަނީ ދެއްވާފައިވާ ލުއިތަކަށް ބަދަލު ގެނައުމަށެވެ.

Advertisement
Ooredoo — Truecaller (box)

"ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ޢަދަދު ގިނަވަމުން ދާތީ، މިއީ ސަރުކާރުން ދެއްވާފައިވާ ލުއިތަކަށް ބަދަލު ގެންނަވައި، އެއަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭ ވަގުތެއް ކަމުގައި ދެކެމެވެ. ... [ކޮވިޑް19ގެ] މިހާލަތު ރަނގަޅު ކުރުމަށާއި ރައްޔިތުންނަށް ފަސޭހަ ގޮތްތައް ފަހިކޮށްދިނުމުގައި ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާ ކުރުން މުހިންމު ކަމުގައި ދެކެމެވެ." އެމްއާރިއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް