ދުނިޔެ

"ވަޒީފާއަށް އެނބުރި ދިޔުމުން ލިބުނީ ސަޕްރައިޒެއް!"

ދެން އެމްވީ ، ދެން އޮންލައިން

ލަންޑަންގެ ސަފާރީ ޕާކެއްގެ ގިފްޓް ޝޮޕެއްގައި މަސައްކަތް ކުރި ސާރާ ގިލްބާޓް، ކޮވިޑް ގެ ފަހުން ވަޒީފާއަށް އެނބުރި ދިޔުމުން އޭނާ އަށް ލިބުނީ ވަރަށް އެހެންކަހަލަ ސަޕްރައިޒެކެވެ.

Ads by Sosun Fihaara

ގިފްޓު ޝޮޕްގައި ސާރާ ދެން މަސައްކަތް ނުކުރާނެ ކަމަށާއި ދެން އޭނާގެ ވަޒީފާއަކީ މޭޒުތައް ފޮހުމާއި ފާޚާނާ ސާފު ކުރުން ކަމުގައި އެތަނުގެ މެނޭޖްމަންޓުން ބުންޏެވެ.

ސާރާ އެތަނުގައި މަސައްކަތް ކުރާތާ މިހާރު 13 އަހަރުވެއްޖެއެވެ. އެންމެ ފުރަތަމަ މަސައްކަތް ކުރީ މެނޭޖަރެއްގެ ގޮތުގައެވެ. އެއަށްފަހު ރީޓޭލް ސުޕަވައިޒަރެއްގެ މަގާމުން އެފިހާރައިގެ ކައުންޓަރު ސާފުކޮށް މުދާތައް އޯޑަރު ކުރާ މީހަކަށް ވެސް ހެދިއެވެ. އެންމެ ފަހުން މިހާރު ހެދީ ފާޚާނާ ސާފު ކުރާ މީހަކަށެވެ.

" އަހަންނަށް މިހާރު 60 އަހަރު ފުރިއްޖެ. މިއީ އަހަންނާއި ދޭތެރޭ ވަރަށް ބޭއިންސާފުކޮށް ކުރި ކަމެއް. އަހަންނަށް ފަސޭހައެއް ނޫން މިހާރު މާބޮޑަށް ގުދުވެގެން ކުރަންޖެހޭ މަސައްކަތް ކުރާކަށް" ސާރާ ބުންޏެވެ.

ސާރާ ވަނީ އެތަނުން ވަގުތުން އިސްތިއުފާ ދީފައެވެ. އަދި އޭނަގެ ވާހަކަ މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!