އެމްޕީއެލް އެކްސިޑެންޓުގައި ނިޔާވި އިމްރާންގެ ނަމުގައި އާއިލާއިން ޞަދަޤާތްކޮށްފި

މާލޭ އެމްޕީއެލް ސަރަޙައްދުގައި ހިނގި އެކްސިޑެންޓްގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ހދ. ނޮޅިވަރަމް، ނައިޓްޑްރީމް އިމްރާން އަލީ 28އ، ގެ ނަމުގައި އޭނަގެ އާއިލާއިން ޞަދަޤާތް ކޮށްފިއެވެ.
މަރްހޫމް އިމްރާންގެ އާއިލާއިން ޞަދަޤާތެއްގެ ގޮތުގައި ވަނީ ނޮޅިވަރަމް ސުކޫލަށް 55 އިންޗީގެ 6 ޓީވީ ހަދިޔާ ކޮށްފައެވެ.
މީގެ އިތުރުން ޢިމްރާންގެ ނަމުގައި ނޮޅިވަރަމް ސިއްޙީ މަރުކަޒަށް ވެސް އެ އާއިލާގެ ފަރާތުން ވަނީ ތަކެތި ހަދިޔާ ކޮށްފައެވެ. އެ ގޮތުން އެ ރަށު ސިއްޙީ މަރުކަޒަށް ދެ އޮކްސިޖަން ކޮންސެންޓްރޭޓަރ އިމްރާންގެ އާއިލާގެ ފަރާތުން ވަނީ ހަދިޔާ ކޮށްފައެވެ.
އިމްރާން ނިޔާވެފައި ވަނީ ޓާފް ކާޕެޓް ރޯލްތަކެއް ކެރޭނަކުން ޕިކަޕަށް ލޯޑު ކުރުމުގެ ތެރޭގައި ކާޕެޓް ރޯލެއްގެ ދަށުވެ، ލިބުނު ސީރިއަސް އަނިޔާތަކަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ، އައިސީޔޫ ގައި ފަރުވާ ދެމުން ދަނިކޮން، 17 ފެބުރުވަރީ 2021 ގައެވެ.
އިމްރާންގެ ފުރާނައަށް މާތްﷲ ، ހެޔޮ ރަޙްމަތް ލައްވައި، ފާފަ ފުއްސަވައި އަދި އެ މަރްޙޫމްގެ ކަށްވަޅު ތަނަވަސް ކޮށްދެއްވާށިއެވެ. އާމީން!






ކޮމެންޓް