Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް ޖެހިގެން ރެކޯޑު އަދަދެއްގެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި

ކޮވިޑް ޖެހިގެން ރެކޯޑު އަދަދެއްގެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި

ކޮވިޑް-19އަށް ފައްސިވި މީހުންގެ ތެރެއިން ރެކޯޑް ޢަދަދަކަށް ބަލިމީހުން ހޮސްޕިޓަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭންފަށައިފިއެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، މިވަގުތު ހޮސްޕިޓަލުގައި 63 މީހަކަށް ފަރުވާދެމުން އަންނަކަމަށެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގައި އެކަކަށް ފަރުވާދެމުން އަންނައިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 62 މީހަކަށް ފަރުވާދެމުން އަންނަކަމަށް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ. އޭގެތެރެއިން ބިދޭސީއަކަށް އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ.

ކޮވިޑްގއ ޙާލަތު ގޯސްވެ ފުރަބަންދުކޮށްފައިވާ ދުވަސްވަރުގައިވެސް މިހާ ގިނަ ޢަދަދަކަށް ބަލިމީހުން އެނދުމަތިކޮށްގެން ފަރުވާދީފައިނުވެއެވެ.

ފުރަބަންދަށްފަހު ދިން ލުއިތަކާއެކު ކޮވިޑަށް ފައްސިވާ ދިވެހިންގެ ޢަދަދު ވަނީ އިތުރުވެފައެވެ. އަދި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. މިވަގުތު ހޮސްޕިޓަލުގައި 63 މީހަކަށް ފަރުވާދެމުން އަންނައިރު، މިއީ ރާއްޖޭއިން ކޮވިޑް-19 ފެނުނުފަހުން އެންމެ ގިނަ ބަަޔަކު އެޑްމިޓްކޮށްގެން ބައްޔަށް ފަރުވާދެމުންދާ ފަހަރެވެ.

ހޮސްޕިޓަލުގައި ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު އިތުރުވެއްޖެނަމަ ރާއްޖޭގައި މިބަލީގައި މަރުވާމީހުންގެ ޢަދަދު އިތުރުވެދާނެކަމަށް ޑޮކްޓަރުން ވަނީ ލަފާކުރައްވާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް