Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އިނގުރައިދޫން ދެ މީހަކު ކޮވިޑަށް ފައްސިވެއްޖެ

އިނގުރައިދޫން ދެ މީހަކު ކޮވިޑަށް ފައްސިވެއްޖެ

ރ. އިނގުރައިދޫން ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ވަގުތު" ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެރަށުން ކޮވިޑް-19 އަށް ފައްސިވީ މާލެ އިން ރަށަށް ގޮސް ކަރަންޓީން ވެގެން ތިބި ދެބިދޭސީން ކަމަށާއި އެމީހުން ފައްސިވީ ކަރަންޓީން މުއްދަތު ނިންމުމަށް ފަހު ޓެސްޓްކުރުމުން ކަމަށެވެ.

މީގެކުރިން ވެސް ބައެއް ރަށްތަކުގައި ހޯމް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުން ބައެއް މީހުން މި ބައްޔަށް ފައްސި ވެފައިވެއެވެ. ހޯމް ކަރަންޓީނުގައި 14 ދުވަސް ވަންދެން ތިބެންޖެހެއެވެ.

Advertisement
Ooredoo — Truecaller (box)

މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވާން ފަށާފައިވާއިރު އިއްޔެ އެކަނި ވެސް 50 މީހަކު މި ބައްޔަށް ފައްސި ވެފައިވެއެވެ. މީގެތެރެއިން 34 މީހުންނަކީ ދިވެހިންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް