Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މެލޭޝިއާ އަށް ދާން ބޭނުންވާ ދަރިވަރުން ގެންދަން ހާއްސަ ޗާޓަރު ފްލައިޓެއް ބާއްވަނީ

މެލޭޝިއާ އަށް ދާން ބޭނުންވާ ދަރިވަރުން ގެންދަން ހާއްސަ ޗާޓަރު ފްލައިޓެއް ބާއްވަނީ

ރާއްޖެއިން މެލޭޝިއާއަށް ދާން ބޭނުންވާ ދިވެހި ދަރިވަރުން ގެންދަން ހާއްސަ ޗާޓަރު ފްލައިޓެއް ބޭއްވުމަށް އޭސް ޓްރެވެލްސް އިން ނިންމައިފިއެވެ.

އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މިއަދު ވިދާޅުވީ މެލޭޝިއާގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އެނބުރި އެގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފްލައިޓެއް އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މެލޭޝިއާއަށްދާ މި ފްލައިޓު އަނބުރާ މާލެ އަންނައިރު، އެގައުމުގައި ތިބި ދިވެހިންނަށް އެނބުރި ރާއްޖެ އައުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ފިރާގު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

މި ފްލައިޓާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ 3336886 ނުވަތަ 7931334 އަށް ގުޅައިގެން އޮޅުންފިލުވުމަށް އޭސް ޓްރެވަލްސްއިން ވަނީ އެދިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް