Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޓެކްސީގައި ލަވަ ޖެހޭނީ ފަސިންޖަރުގެ ރުހުމާއެކު

ޓެކްސީގައި ލަވަ ޖެހޭނީ ފަސިންޖަރުގެ ރުހުމާއެކު

އަޑު ނުކުންނަ އެއްވެސް އާލާތެއް ފަސިންޖަރުންގެ ހުއްދައާ ނުލައި ޓެކްސީތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ޓެކްސީ ގަވާއިދަށް އިސްލާހެއް ގެނެސްފިއެވެ.

ޓެކްސީ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ޓެކްސީ ސެންޓަރާއި ޓެކްސީގެ ހިދުމަތް ދޭ އުޅަނދާ ދެމެދު ޓްރާންސްޕޯޓް އޮތޯރިޓީ ހުއްދަ ކުރާ މުއާސަލާތީ ނިޒާމެއް ގާއިމް ކޮށްފައި ހުންނަން ޖެހޭ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ ހުއްދަ ކުރާ މުއާސަލާތީ ނިޒާމެއް ކަމަށް ބުނެފައި އެ ވަނީ އިންޓަނެޓް ފަދަ ވަސީލަތެއް މެދުވެރިކޮށް ބޭނުންކުރާ މުއާސަލާތީ ނިޒާމު ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ފްރިކްއެންސީއެއް ރަޖިސްޓާ ކުރާން ނުޖެހޭ ކޮންމެ ނިޒާމަކަށް ކަމަށް ވެސް އިސްލާޙްގައި ބުނެފައި ވެއެވެ.

Advertisement
Allied Insurance — Square (box)

އެ އިސްލާހުގައި ވާ ގޮތުން ޓެކްސީ ސެންޓަރާއި ޓެކްސީގެ ހިދުމަތް ދޭ އުޅަނދާ ދެމެދު ޓްރާންސްޕޯޓް އޮތޯރިޓީ ހުއްދަ ކުރާ މުއާސަލާތީ ނިޒާމެއް ގާއިމްކޮށްފައި އޮންނަން ޖެހެއެވެ.

ޓެކްސީ ގަވާއިދަށް ގެނެވުނު މި އިސްލާހަށް އަމަލުކުރަން ހަމަޖެހިފައި ވަނީ މިއަދުން ފެށިގެންނެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް