Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކުރީގެ ނައިބު ރައީސް ޖިހާދު ރާއްޖެއިން ބޭރަށް ވަޑައިގަތުން އަނެއްކާވެސް ހުއްޓުވައިފި

ކުރީގެ ނައިބު ރައީސް ޖިހާދު ރާއްޖެއިން ބޭރަށް ވަޑައިގަތުން އަނެއްކާވެސް ހުއްޓުވައިފި

ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަތުން އަނެއްކާ ވެސް ހުއްޓުވައިފިއެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޖިހާދުއަށް ހުއްދަ ދެވެން ނެތް ކަމަށެވެ.

ކުރީގެ ނައިބު ރައީސް ޖިހާދުގެ މައްޗަށް ދައުލަތުން އުފުލައިފައި ވަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާއެވެ.

Advertisement
HDC — Sidebar (box)

ޖިހާދުގެ މައްޗަށް މި ދައުވާ އުފުލައިފައި ވަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ، ޖިހާދަށް ނުދޭން ކްރިމިނަލް ކޯޓުން ކުރީން ހުކުމްކުރީ އެމަނިކުފާނު ފުރައިވަޑައިގަތުމަށް ޓިކެޓް ނަންގަވައި އަދި ހޮޓަލަށް ފައިސާ ވެސް ދައްކަވައިފައި ވަނިކޮށެވެ. ރާއްޖެއިން ބޭރަށް ވަޑައިގަތުން ދެވަނަ ފަހަރަށް ވެސް ކްރިމިނަލް ކޯޓުން ހުއްޓުވާފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޓިކެޓް ނަންގަވައިފައި ވަނިކޮށް ކަމަށް ޖިހާދު ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް