Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރާއްޖެ މިއީ ފަތުރުވެރިންނަށް އެންމެ ރައްކާތެރި މަންޒިލް: ރައީސް

ރާއްޖެ މިއީ ފަތުރުވެރިންނަށް އެންމެ ރައްކާތެރި މަންޒިލް: ރައީސް

ކޮވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވަނީ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހުގައި ކަމަށާ މެހެމާނުންނަށް އެންމެ ރައްކާތެރި މަންޒިލަކަށް ރާއްޖެ ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިނިވަންދުވަހާ ގުޅިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިއްބެވި ޑިޕްލޮމެޓުންނާއެކު ވާޗުއަލް ކޮށް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ މިނިވަންދުވަސް މިފަހަރު ދިމާވެފައިވައިމިވަނީ ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން އެހެން ޤައުމުތަކޭ އެއްފަދައިން ރާއްޖެއަށްވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެއްގައިކަން ފާހަގަކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

އިޤްތިސާދީ އަދި އިޖްތިމާޢީ ތަރައްޤީގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކަށް މިހާލަތުގައި ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން އަސަރުކޮށްފައިވާއިރު ބަލިމަޑުކަމުން ރައްޔިތުން ސަލާމަތްކުރުމަށް ރާއްޖޭގެ މައި ބޯޑަރު ބަންދުކުރަން މަޖުބޫރު ވިކަން ފާހަގަކޮށް ރައީސް ވިދާޅުވީ މިދަތި ޙާލަތުން އަރައިގަތުމަށް ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާކަމަށެވެ.

އެގޮތުން ފަތުރުވެރިންގެ ރައްކާތެރިކަން ރާއްޖެއިން ކަށަވަރުކުރާނެ ކަމަށާއި ރާއްޖެއަކީ މެހެމާނުންނަށް އެންމެ ރައްކާތެރި މަންޒިލަކަށްވާނެކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް