Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު ހުއްޓުވައިފި

ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު ހުއްޓުވައިފި

ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު ހުއްޓުވައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅެނިކޮށް ހުއްޓުވާފައިވަނީ އުމުރުން 40 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. މިއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

މީގެކުރިން ވެސް އިމިގްރޭޝަނުން ވަނީ ނަކަލުކޮށްފައިވާ ޕާސްޕޯޓުތަކެއް އަދި ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށް ޝަހުސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބަޔަކު ވެސް ހުއްޓުވާފައެވެ.

Advertisement
HDC — Sidebar (box)

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ މައްސަލަތައް އިމިގްރޭޝަނުން ބަލަން ފަށާފައިވާއިރު މީގެކުރިން ވަނީ ބިދޭސީންތަކެއް ޑީޕޯޓްވެސް ކޮށްލާފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް