Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
މުނިފޫހިފިލުވުން

ގޭމް އޮފް ތްރޯންސް ގެ ތަރި ސޯފީ ޓާނާ ވިހައިފި

ގޭމް އޮފް ތްރޯންސް ގެ ތަރި ސޯފީ ޓާނާ ވިހައިފި

ގޭމް އޮފް ތްރޯންސް އިން މަގުބޫލުކަން ހޯދި ތަރި ސޯފީ ޓާނާ ވިހައިފިއެވެ. ސޯފީ ވިހާފައިވަނީ އަންހެން ކުއްޖެކެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސޯފީ ވިހާފައިވަނީ މި ދިޔަ ބުދަ ދުވަހު ގެ ވަގުތެއްގައި ލޮސް އެންޖެލަސް ގެ ހޮސްޕިޓަލެއްގައެވެ.

ސޯފީ ވެސް އަދި ފިރިމީޙާ ޖޯއެ ޖޯނަސް ވެސް މިކަމާއި ގުޅިގެން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އެ ދެމީހުނަށް ލިބުނު ދަރިފުޅަށް ކިޔަން ހަމަޖެހިފައިވާ ނަމަކީ "ވިއްލާ" އެވެ.

Advertisement
Allied — Dhen Online (box)

ބަނޑުބޮޑުވުމަށް ފަހު ސޯފީ ވަނީ ދަރިފުޅު ލިބެން އުޅޭތީ ވަރަށް އުފާވާ ކަމަށް ބުނެފައެވެ. އަދި ސޯފީ ފާހަގަވެގެން ދިޔައީ ބަނޑުބޮޑު ދުވަސްވަރު ވަރަށް އެކްޓިވް ކޮށް އުޅުނު ތަރިއެއްގެ ގޮތުގައެވެ.

އެޗްބީއޯގެ މަޝްހޫރު ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގައި ވެސް ވަރުގަދަ ކެރެކްޓާއެއް ކުޅުނު 23 އަހަރުގެ ބަތަލާ ކައިވެނިކުރީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އޭނާގެ ފިރިމީހާ އަކީ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސްގެ ބޭބެ ޖޯ ޖޯނަސް، 30، އެވެ.

ޖޯ އަކީ އާއިލީ މިއުޒިކް ބޭންޑް "ޖޯނަސް ބްރަދާޒް" ގެ އެއް މެމްބަރު ވެސް މެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް