Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރީ އެމްޑީޕީ މެމްބަރުން ވެސް ވޯޓު ދީގެން: އުޝާމް

ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރީ އެމްޑީޕީ މެމްބަރުން ވެސް ވޯޓު ދީގެން: އުޝާމް

ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގާނޫނު އިސްލާހު ކުރީ އެމްޑީޕީ މެމްބަރުން ވެސް ވޯޓު ދީގެން ކަމަށް ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭގޮތަށް ގާނޫނެއް ފާސްކުރީ ޕީޕީއެމް މެމްބަރުން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބަޔަކު ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެކަމަށް ރައްދު ދެއްވައި އުޝާމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ އެމްޑީޕީވެސް ހިމެނޭގޮތުން މަޖިލީހުގަ އޭރުއޮތް ގިނަސިޔާސީ ޕާޓީތަކެއްގެ ވޯޓް ލިބިގެން އެންމެން ގުޅިގެން ކަމަށެވެ.

Advertisement
Ooredoo — Square (box)

"އެކަމަކީ ހަމައެކަނި ޕީޕީއެމްއިން ކުރިކަމެއްކަމަށް ބުނުމަކީ ކަމުގެ ހަގީގަތް އޮޅުވާލުން." އުޝާމް ވިދާޅުވިއެވެ.

ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީގެ 251 ވަނަ މާއްދާއަށް (ހ)އަށް އިސްލާހު ގެނައީ ނިމިގެން ދިޔަ ރިޔާސީ ދައުރުގެ ތެރޭގައެވެ. ނަމަވެސް އެ އިސްލާހު އުވާލަން ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ގައި ފާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް