Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސަރުކާރު ގެނައި ކޯލިޝަން މިހާރު އޮތީ ބަނޑު ދަމާލާފައި: ސައީދު

ސަރުކާރު ގެނައި ކޯލިޝަން މިހާރު އޮތީ ބަނޑު ދަމާލާފައި: ސައީދު

ސަރުކާރު ގެނައި ކޯލިޝަން މިހާރު އޮތީ ބަނޑު ދަމާލާފައި ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާ މެންޑޭޓް އަކާ އެކު ސަރުކާރެއް އައިސްގެން ނޫނީ ގައުމަށް ދިމާވެފައިވާ މާޔޫސްކަމުން އަރައިގަނެވޭނެ ކަމަށް ރައްޔިތުން ގަބޫލު ނުކުރާ ކަމަށެވެ.

"ސަރުކާރު ގެނައި ކޯލިޝަން އޮތީ މިހާރު ބަނޑު ދަމާލާފައި." ސައީދު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ސައީދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ވެރިކަންކުރާ އެމްޑީޕީގައި އޮންނަ ޑިމޮކްރަސީގެ ހާލަތު އުތުރު ކޮރެއާއަށްވުރެ ގޯސް ކަމަށެވެ.

ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިއްޔެރޭ ބޭއްވި މުޒާހަރާ އާއި ގުޅިގެން މުޒާހަރާ ލީޑް ކުރެއްވި ބައެއް ބޭފުޅުން ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރު ކުރާތީ އެކަމަށް އިޝާރާތްކުރައްވާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ނަމަށް ޑިމޮކްރަސީ އައުމުން ހިތައް އަރަނީ އުތުރު ކޮރެއާގެ ޑިމޮކްރަސީ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް