Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރޯދަމަހު ބީއެމްއެލް ހުޅުވާނީ 9:30 އިން 12:00އަށް

ރޯދަމަހު ބީއެމްއެލް ހުޅުވާނީ 9:30 އިން 12:00އަށް

ބެންކު އޮފް މޯލްޑިވްސް (ބީއެމްއިލް)އިން ރޯދަ މަހު ، ޚިދުމަތްދޭނެ ގަޑިތައް އާއްމު ކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ އެހެން މަސްތަކާ ހިލާފަށް ރޯދަމަހު ބީއެމްއެލްއިން ހިދުމަތްދޭ ވަގުތުތައް މަދު ވާނެ ކަމަށެވެ. އެ ގޮތުން ބީއެމްއެލްއިން ހިދުމަތް ދޭނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00އަށް ކަމަށް ބީއެމްއިލް އިން ބުނެއެވެ.

އެހެން ނަމަވެސް ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން 24 ގަޑިއިރު ކޯލް ސެންޓަރުތަކުން ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި އޮންލައިންކޮށް ހޯއްދަވާއި ޚިދުމަތްތައް ވެސް 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށާއި އޭގެ ތެރޭގައި އިންޓަނެޓް ބޭންކިންގއާއި ސެލްފް ސަރވިސް ސެންޓަރުތަކުގެ ޚިދުމަތް ހިމެނޭ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

Advertisement
Ooredoo — Truecaller (box)

ބީއެމްއެލްގެ އިތުރުން މި އަހަރުގެ ރަމަޟާން މަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިތައް ވެސް ވަނީ މީގެ ކުރިން އިއުލާން ކޮށްފައެވެ. އެ ގޮތުން ރޯދަ މަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމުގައި ވަނީ ހަމަޖައްސާފައެވެ.

ރައީސް އޮފީހުން ވިދާޅުވީ ރަމަޟާންމަހުގެ ރަސްމީގަޑިއާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖެއްސެވި ކަމުގައި ވިޔަސް ރާއްޖޭގައި ކޮވިޑް ފެތުރުން އިތުރު ވެފައި ވުމާއެކު، ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތް ކުރައްވަމުން ގެންދަވަން ވާނީ ޢަމަލު ކުރަންޖެހޭ ކަމަށް ބަޔާން ކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް