Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބައެއް ގައިދީންނަށް އަފްޢާމެއްދީ މަސައްކަތަށް ނެރުމަށް ގޮވާލާ ޤަރާރެއް ޖާބިރު ހުށައަޅުއްވައިފި

ބައެއް ގައިދީންނަށް އަފްޢާމެއްދީ މަސައްކަތަށް ނެރުމަށް ގޮވާލާ ޤަރާރެއް ޖާބިރު ހުށައަޅުއްވައިފި

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލާ، ބޮޑެތި ކުށްތަކަށް ޖަލަށް ލެވިފައިވާ ގައިދީން ފިޔަވާ އެހެން ގައިދީންނަށް އަފްޢާމެއްދީ، މަސައްކަތަށް ނެރުމަށް ގޮވާލާ ޤަރާރެއް ޑީއާރްޕީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

ޖާބިރު ސޮއިކުރައްވާ ހުށައަޅުއްވާފައިވާ އެޤަރާރަކީ ކޮވިޑް-19 ގެ ސަބަބުން ދިވެހި ރާއްޖޭގެ އިޤްތިޞާދު އަޑިއަޅާލާފައިވާ މިޙައްސާސް ދަނޑިވަޅުގައި ރާއްޖޭގެ އިޤްތިޞާދު ނެގެހެއްޓުމަށްޓަކައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާ، ރާއްޖޭގައި މަސައްކަތް ކުރުމަށް ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ޤައިދީންގެ ތެރެއިން ޖިނާއީ ބޮޑެތި ކުށްތަކަށް ހުކުމް ކުރައްވާފައިވާ ގައިދީން އިސްތިސްނާ ވާނެ ގޮތުގެ މަތިން މަސައްކަތް ކުރުމަށް އެކަށީގެންވާ ޤައިދީނަށް އަފްޢާމެއް ދިނުމަށް ގޮވާލާ ޤަރާރެއް ކަމަށް އޭގައި ބުނެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

އެގޮތުން އެޤަރާރުގައި ބުނެފައިވަނީ ދިވެހި މަސައްކަތް ކުރުމަށް ޖަލުގައި ހުކުން ތަންފީޒު ކުރަމުންދާ ގައިދީންގެ ތެރެއިން ޖިނާއީ ބޮޑެތި ކުށްތަށް ކަމުގައިވާ ކުޑަކުދިންނާއި ބެހުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، މީހުން މެރިކަމުގެ ހުކުމް ކޮށްފައިވާ ގައިދީން އިސްތިސްނާވާ ގޮތުގެ މަތިން، ބާކީ ތިބި ގައިދީން ދޫކޮށްލުމުގެ އަފްޢާމެއް ނެރެދެއްވުމަށް ދިވެހި ސަރުކާރަށް އެދިލައްވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް