Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
މުނިފޫހިފިލުވުން

ކުމްކުމް މަރުވެއްޖެ

ކުމްކުމް މަރުވެއްޖެ

ބޮލީވުޑުގެ ކުރީގެ ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ހޯދި ތަރި ކުމްކުމް އުމުރުން 86 އަހަރުގައި މަރުވެއްޖެއެވެ.

100 އާއި ގާތް ކުރާ އަދަދަކަށް ފިލްމް ކުޅެފައިވާ ކުމްކުމް މަރުވެފައިވަނީ މިއަދުއެވެ. ކުމްކުމް ގެ ފިލްމުތަކުގެ ތެރޭގައި މަޝްހޫރު ހިޓް ފިލްމް، މަދާ އިންޑިއާ އާއި ނަޔާ ދައުރް، ޕިޔާސާ އާއި ސިޑް ފަދަ ފިލްމްތައް ހިމެނެއެވެ.

ކުމްކުމް މަރުވުމާއެކު ކުރީގެ ގިނަ ތަރިން އަންނަނީ އިންސްޓަގްރާމް ގައި ކުމްކުމް ގެ ފޮޓޯ ހިއްސާކޮށްފައެވެ. އެގޮތުން ޖަގްޑީޕްގެ ދަރި ނަވެދް ޖަފެރީ، ޖޯނީ ވޯކާގެ ދަރި ނާސިރް ޚާން ހިމެނެއެވެ.

Advertisement
Ooredoo — Truecaller (box)

ފިލްމުކުޅުމުގެ އިތުރުން ކުމްކުމް އަކީ ގިނަ ލަވަތަކަކުން ފެނިގެން ދިޔަ އަދި އޭނާގެ ނެށުމުގެ ހުނަރަށް ވެސް ބޮޑު ސަމާލުކަމެއް ލިބިގެން ދިޔަ ތަރިއެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް