Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް19: ރާއްޖޭގައި ފައްސިވާ ފުލުހުންގެ އަދަދު އިތުރުވަނީ

ކޮވިޑް19: ރާއްޖޭގައި ފައްސިވާ ފުލުހުންގެ އަދަދު އިތުރުވަނީ

ރާއްޖޭގައި ކޮވިޑް19 އަށް ފައްސިވަމުން އަންނަ ފުލުހުންގެ އަދަދު އިތުރުވަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުންތަކާ ހިލާފަށް މަގުމައްޗަށް އެއްވެ، އިޖުތިމާއީ ގައިދުރުކަމަށް ބެލުމެއްނެތި، ބައެއް މީހުން މާސްކްވެސް ނާޅާ އެއްވުންތައް ކުރިއަށް ގެންދާކަން ފާހަގަ ކޮށް ނެރެފައިވާ ބަޔާނެއްގައެވެ.

އެގޮތުން މި ދުވަސްވަރަކީ ކޮވިޑް-19 އަށް ރާއްޖެއިން މީހުން ފައްސިވާ އަދަދު އިތުރުވަމުންދާ ދުވަސްވަރަކަށް ވުމާއެކު، މަގުމައްޗަށް ނުކުމެ އުޅުމުގައި، ސިއްހީ ގޮތުން ރައްކާތެތިވުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަންދީގެން ހަރަކާތްތެރިވުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement
Ooredoo — Square (box)

ހަމައެހެންމެ ފުލުހުންގެ ތެރެއިން ކުރީ ސަފުގައި މަސައްކަތް ކުރާ ފުލުހުން ފައްސިވާ އަދަދުވެސް އިތުރުވަމުންދާ ދުވަސްވަރަކަށްވެފައި، މަގުމައްޗަށް ނުކުމެ އުޅުމުގައި، ސިއްހީ ގޮތުން ރައްކާތެތިވުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަންދީގެން ހަރަކާތްތެރިވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފުލުހުން މި ގޮތަށް ބަޔާނެއް ނެރެފައި މިވަނީ އިދިކޮޅު ފަރާތްތަކުން މާލޭގައި ސިލްސިލާކޮށް މުޒާހަރާ ބާއްވަން ނިންމައި، މިރޭގެ މުޒާހަރާ ފަށަން ކުޑަތަންވެފައި ވަނިކޮށް ކަން ފާހަގަކޮށްލަންޖެހެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް