ޚަބަރު

މާލޭގެ ވިޔަފާރި ބަނދަރަށް ބާލާފައި ނުގެންގޮސް ހުރި މުދާ ނީލަން ކިޔަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭ ވިޔަފާރި ބަނދަރުގައި ނުގެން ގޮސް ގިނަ ދުވަހު ބަހައްޓާފައިވާ މުދާ ނީލަން ކިޔަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ، އެމްޕީއެލްއިން ނިންމައިފިއެވެ.

Ads by STELCO

އެ ކަމާ ގުޅިގެން އެމްޕީއެލްއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ނީލަން ކިޔާ މުދާ ބެލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްރީލް 19ވަނަ ދުވަހު ހެނދުނު 10:00 ގެ ކުރިން މުދާ ބެލުމަށް ނަން ނޯޓު ކުރަން ޖެހޭނެ ކަމަށެވެ. އަދި މުދާ ބެލުން ހަމަ އެ ދުވަހުގެ ހަވީރު 4:30ގައި އޮންނާނެ ކަން ވެސް އާންމު ކޮށްފައި ވެއެވެ.

ނީލަމުގައި ބައިވެރިވެވޭނީ އެޕްރީލް މަހުގެ 20 ވަނަ ދުވަހުގެ 14:00ގެ ކުރިން، ނީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް އެޑްވާންސް ޕޭމަންޓް ދައްކާ ފަރާތްތަކަށެވެ.އަދި ނީލަން ކިޔުން އޮންނާނީ، 21 އޭޕްރިލް 2021  ވާ ބުދަ ދުވަހު 14:00 ން ފެށިގެން، އެމްޕީއެލް ހެޑް އޮޕީހުގެ ބަނދަރު މާލަމުގައި ކަމަށް އެމްޕީއެލުން މައުލޫމާތު ދެއެވެ.

އެމްޕީއެލުން ބުނީ މުދާ ބެލުމަށް ދާއިރު ޕޯޓްގެ ގަވާއިދާ އެއްގޮތަށް ބޫޓް، ވެސްޓް އަދި ހެލްމެޓް ބޭނުން ކުރަން ޖެހޭނެ ކަމަށެވެ. އަދި މި ނީލަމާ ބެހޭ އިތުރު މަޢުލޫމާތު އެ ކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓް އަދި ވެބްސައިޓް(www.port.mv) އިން ލިބެން ހުންނާނެ ކަމަށް އެމްޕީއެލްއިން ބުނެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!