Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރޭގައި 92 ދިވެހިން!

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރޭގައި 92 ދިވެހިން!

މިއަދު ކޮވިޑް-19 އަށް ފައްސިވި 137 މީހުންގެ ތެރޭގައި 92 ދިވެހިން ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފިއެވެ.

މި 137 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 3506 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 929 މީހަކަށެވެ.

ރާއްޖެ އިން ކޮވިޑް-19 މިދިޔަ މާޗް 7 ގައި ފެނުނު ފަހުން އަދި އޭޕްރީލް 15 ގައި މާލެ އަށް އެ ބަލި ފެތުރުނު ފަހުން ވެސް މިހާ ގިނަ އަދަދަކަށް މީހުން ކޮވިޑަށް ފައްސިވެފައެއް ނުވެ އެވެ.

Advertisement
HDC — Sidebar (box)

މިއަދު އެއްވެސް މީހަކު ބަލިން ރަނގަޅުވެފައިވާއިރު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2547 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 15 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ދިވެހީންނާއި، ހަ ބިދޭސީންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް