Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މިއަދު އެއްވެސް މީހަކު ބަލިން ރަނގަޅުވެފައެއް ނުވޭ!

މިއަދު އެއްވެސް މީހަކު ބަލިން ރަނގަޅުވެފައެއް ނުވޭ!

ރާއްޖޭގައި ކޮވިޑް- 19އަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރެއިން މިއަދު އެއްވެސް މީހަކު ބަލިން ރަނގަޅުވެފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު އިތުރު 137 މީހަކު ކޮވިޑަށް ފައްސިވި ކަމަށާއި ތެރޭގައި ހިމެނެނީ 92 ދިވެހިންނާއި، ބަންގްލަދޭޝްގެ 31 މީހަކާއި، އިންޑިއާ ނުވަ މީހަކާއި ލަންކާގެ ހަތަރު މީހަކާއި ފިލިޕީންސް މީހެއް ކަމަށެވެ.

މި 137 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 3506 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 929 މީހަކަށެވެ.

Advertisement
Allied Insurance — Square (box)

މިއަދު އެއްވެސް މީހަކު ބަލިން ރަނގަޅުވެފައިވާއިރު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2547 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 15 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ދިވެހީންނާއި، ހަ ބިދޭސީންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް