ޚަބަރު

ހައްޖުގެ އަޅުކަން އަދާ ކުރުމަށް މީހުން މައްކާއަށް ޖަމާވާން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ މީހުން މައްކާއަށް ޖަމާވާން ފަށައިފި އެވެ.

Ads by Hajj Corporation

ސައުދީން ހާމަ ކޮށްފައިވާ ގޮތުގައި ހައްޖުގެ އަޅުކަން އަދާ ކުރާނީ 1000 އާއި 10،000 މީހުން ކަމަށެވެ. އޭގެ ތެރެއިން ތިން ބައިކުޅަ ދެބައި މީހުންނަކީ ސައުދީގައި ދިރިއުޅޭ އެހެންގައުމުތަކުގެ ރައްޔިތުންނެެވެ. އަދި ބާކީ ހައްޖުވާނީ ސައުދީގެ ރައްޔިތުންނެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބޭރު ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ބައިވެރިނުވެވޭނެކަމަށް ސައުދީ ޢަރަބިއްޔާއިންވަނީ ނިންމައިފައެވެ.

ސައުދީ އަރަބިއްޔާއަކީ މުޅި މެދުއިރުމަތީގައިވެސް އެންމެ ބޮޑަށް ކޮވިޑް ފެތުރިފައިވާ އެއް ގައުމެެވެ. އެގޮތުން އެގައުމުން 269،000 ކޭސް ފެނުނުއިރު ބަލީގައި 2760 މީހަކު ވަނީ މަރުވެފަ އެެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!