Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މީޑިއާ ކައުންސިލްގެ މުވައްޒަފަކު ކޮވިޑަށް ފައްސި ވެއްޖެ

މީޑިއާ ކައުންސިލްގެ މުވައްޒަފަކު ކޮވިޑަށް ފައްސި ވެއްޖެ

މޯލްޑިވްސް މީޑިއާ ކައުންސިލް(އެމްއެމްސީ)ގެ މުވައްޒަފަކު ކޮވިޑަށް ފައްސި ވެއްޖެ އެވެ.

"ވަން" އޮންލައިނުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމްއެމްސީގެ މުވައްޒަފަކު ކޮވިޑަށް ފައްސިވިކަން އެޗްޕީއޭއިން އަންގާފައި ވަނީ އިއްޔެ ކަމަށާއި ފައްސިވެފައި ވަނީ އެތަނުގައި މަސައްކަތް ކުރާ އިދާރީ ފިރިހެން މުވައްޒަފެއް ކަމަށެވެ.

އެ މުވައްޒަފު ކޮވިޑަށް ފައްސިވެފައި ވަނީ އޮފީސް މާހައުލުން ބޭރުން ކަމަށާއި އޭނާ އަކީ އާއިލާގެ މީހަކު ކޮވިޑަށް ފައްސި ވުމުން ކޮންޓެކްޓް ޓްރޭސިންގްގެ ދަށުން ފާހަގަވި މީހެއް ކަމަށް ވެސް އެ ނޫހުގައި ވެއެވެ.

Advertisement
Ooredoo — Square (box)

"ވަން"ގެ ހަބަރުގައި ވާގޮތުން އެ މުވައްޒަފު އޮފީހަށް ނުނިކުންނަތާ ދުވަސްކޮޅެއް ވެފައި ވީނަމަވެސް، އޮފީހުގެ ދެ މުވައްޒަފަކު ކޮންޓެކްޓް ޓްރޭސިންގެ ދަށުން ފާހަގަވެ އެ ދެ މުވައްޒަފުން ވެސް މިހާރު ތިބީ ހޯމް ކަރަންޓީނުގައި ކަމަށެވެ. އަދި އެ ދެ މުވައްޒަފުންނަކީ ފައްސިވި ވި މުވައްޒަފު އެންމެ ފަހުން އޮފީހަށް ދިޔަ ދުވަހު ޑައިރެކްޓް ކޮންޓެކްޓުވި ދެ މީހުން ކަމަށް ވެސް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް